މާފުށީ ޕިކްނިކް އައިލެންޑް މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި

ކ. މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނި އެމްޓީސީސީން ޕްރޮޖެކްޓް ސައިޓް އިއްޔެ ...

09 Nov 2021 | 17:56

ކ. މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނި އެމްޓީސީސީން ޕްރޮޖެކްޓް ސައިޓް އިއްޔެ މޮބިލައިޒް ކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި މި މަޝްރޫޢުގެ ދަށުން، ދެ ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ، ޕިކްނިކް އައިލެންޑް ގެ ގޮތުގައި މި ކުންފުނިން ބިންހިއްކާ ތިންވަނަ މަޝްރޫޢުއެވެ.

މިގޮތުން މި ކުންފުނީގެ ފަރާތުން ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑް ވަނީ ހިއްކާފައެވެ. އަދި މީގެ އިތުރުން މާލޭ ސަރަހައްދުގައި ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްޤީ ކުރާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑް ގެ ބިން ހިއްކުމުގެ މަސައްކަތް ހައެއް ނޮވެމްބަރު 2021 ގައި ވަނީ ފެށިފައެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން  ކުރިއަށްގެންދާ  10.8  މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މިއަހަރުގެ މިހާތަަނަށް އެމްޓީސީސީން ވަނީ 19 މަޝްރޫޢުއެއްގެ މަސައްކަތް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް