ބްލެކްމެއިލް ކޮށްގެން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

މާލޭގައި ފިރިހެނަކު ބްލެކްމެއިލް ކުރި މައްސަލައިގަ ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ މެންދަމު 3:49 ގައި އެވެ. ފުލުހުން އެ މައްސަލައިގަ ތިން މީހަކު ރޭ ހައްޔަރ...

09 Nov 2021 | 17:53

މާލޭގައި ފިރިހެނަކު ބްލެކްމެއިލް ކުރި މައްސަލައިގަ ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ މެންދަމު 3:49 ގައި އެވެ. ފުލުހުން އެ މައްސަލައިގަ ތިން މީހަކު ރޭ ހައްޔަރު ކުރި އެވެ.

މިރޭ ފުލުހުން ބުނީ އެ ތިން މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލީ މި މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ ކަމަށެވެ.

އެ މީހުން ދޫކޮށްލިޔަސް، ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ފުލުހުން ކުރިން ބުނީ އެމީހާ ބަރަހަނާ ކުރީ ބްލެކްމެއިލްކޮށް ބިރުދައްކައިގެން ކަމަށެވެ. އަދި ވީޑިއޯ ކުރުމަށް ފަހު މަސައްކަތް ކޮށްފައިވަނީ ފައިސާ ހޯދަން ކަމަށެވެ.

މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ 24، 27 އަދި 31 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް