މަސްވެރިކަމަށް ނުކުމެ އުޅުނު "ނިޔަވާލި" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މި ދޯނީގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ މިމަހު 08 ވީ ބުދަ ދުވަހުގެ 19:22 ހާއިރު ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށާއި މި ދޯންޏަކީ ދިގުމިނުގައި 85 ފޫޓު ހުރި، ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ކަޅުކުލައާއި ހުދު ކުލަ ލާފައިވާ ދޯންޏެއްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ އެ ދޯނީގައި ޖުމްލަ 18 ފަޅުވެރިން ތިބި ކަމަށާއި އެއީ 16 ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ.
މި އުޅަނދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެމްއެންޑީއެފުން އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް