ރޭގެ ވަގުތެއްގައި ވެލާނާ ބިލްޑިންގް ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ވެލާނާ ބިލްޑިންގގެ އަށްވަނަ ފަންގިފިލާގައި ހުރި ކަރުދާސްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލާފައިވާކަމަށެވެ.
"މިހާދިސާގެ ރިޕޯޓް މިރޭ 22:30 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ ގުޅިގެން، ސިފައިންގެ ފަޔަރމަނުން ވަނީ އެސަރަޙައްދަށް ގޮސްފައެވެ. އަދި، ވެލާނާ ބިލްޑިންގގެ އަށްވަނަ ފަންގިފިލާގައި ހުރި ކަރުދާސްތަކެއްގައި ރޯވެފައިވާ އަލިފާން ވަނީ ނިއްވާލާފައެވެ." އެމްއެންޑީއެފުން ބުނެފައި ވެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިހާދިސާގައި، ވެނާލާ ބިލްޑިންގގެ ސެކިޔުރިޓީ ގާޑަކަށް ދުމުގެ އަސަރު ކޮށްގެން، ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި ހާދިސާއާ ގުޅިގެން އިތުރު މީހަކަށް އަނިޔާވެފައިނުވާކަމަށާއި އަދި އިމާރާތަށް ވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް