ޕަދްމަވަތީގެ މައްސަލަ ސުޕްރީމް ކޯޓަށް

ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ފިލްމް "ޕަދްމާވާތީ" ގެ މައްސަލަ ބަޔަކު އިންޑިއާގެ ސުޕްރީމް ކޯޓަށް ވައްދައިފި އެވެ. މި ފިލްމު އެޅުވުން ހުއްޓުވައިދިނުމަށްއެދި ސުޕްރީމް ކޯޓަށް ޕެޓިޝަނ...

09 Nov 2017 | 03:31

ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ފިލްމް "ޕަދްމާވާތީ" ގެ މައްސަލަ ބަޔަކު އިންޑިއާގެ ސުޕްރީމް ކޯޓަށް ވައްދައިފި އެވެ.

މި ފިލްމު އެޅުވުން ހުއްޓުވައިދިނުމަށްއެދި ސުޕްރީމް ކޯޓަށް ޕެޓިޝަނަށް ހުށަހަޅާފައިވަނީ އިންޑިއާގެ ރާޖްޕުތު ކޮމިއުނިޓީގެ ބައެކެވެ. އެމީހުން ބުނެފައިވަނީ މި ފިލްމުގައި ތާރީހީ ފެކްޓްތަކެއް އޮޅުވާލާފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާޖްޕުޓް ކޮމިއުނިޓީގެ ގަދަރަށް އުނިކަން ލިބޭ ކަމަށެވެ.

މި ފިލްމުގެ އިސްތިހާރެއްގައި ދައްކާގޮތުން ފިލްމުގެ އަންހެން ލީޑްރޯލު ރާނީ ޕަދްމަވަތީ، ނެށުމުގެ ވައްތަރެއް ކަމަށްވާ "ގޫމަރު ޑާންސް" އަށް ނަށާ މަންޒަރި ދައްކާއިރު މި ޕަދްމަވަތީ ފިލްމުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދި މީހުން ބުނަނީ ރާނީން ނުނަށާނެ ކަމަށާއި ފިލްމުގައި މިކަހަލަ ކަންތައްތަކެއް އޮޅުވާލަނީ ގަސްތުގައި ކަމަށެވެ.

މި ފިލްމު މިއަންނަ ޑިސެމްބަރު މަހުގެ އެކެއްގައި ރިލީޒްކުރަން ނިންމާފައިވާއިރު މި ފިލްމާއި ގުޅިގެން މިހާރުވެސް އިންޑިއާގައި އަންނަނީ މުޒާހަރާތަކެއްވެސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް