ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ އަށް ޒިޔާރަތް ކުރައްވައިފި އެވެ.
ސައުމި ދީ ޕްރެސް އެޖެންސީން ހާމަކޮށްފައިވާގޮތުގައި ސައުދީ ރަސްގެފާނު މަދީނާއަށް ވަޑައިގެންނެވުމުން މަދީނާއިން ސައުދީ ރަސްގެފާނަށް މަރުހަބާ ދެންނެވީ ރަސްދަރިކަލެއް ކަމުގައިވާ ފައިސަލް ބިން ސަލްމާން އަބްދުލް އަޒީޒް އެވެ.
ސައުދީ ރަސްގެފާނުގެ މި ޒިޔާރަތުގައި މަދީނާގެ ކަންކަން ހިނގަމުން އަންނަ ގޮތް ބައްލަވާލައްވައި ކަންކަމާއިބެހޭ އެންމެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާކަމުގައިވެސް ސައުދީ ނިއުސް އެޖެންސީން ހާމަކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް