ސްމާޓް ފޯނެއްގައި އަޅުވާފައިވާ އެންމެ މޮޅު ޑިސްޕްލޭ އަޅުވާފައިވަނީ އައިފޯނު އެކްސްގައި ކަމުގައި ޑިސްޕްލޭ ކެލިބްރޭޝަން އެކްސްޕާޓް، ޑިސްޕްލޭ މޭޓުން ބުނެފި އެވެ.
ޑިސްޕްލޭ މޭޓުން މިހެން ބުނެފައިވަނީ އައިފޯނު އެކްސްގެ ޑިސްޕްލޭގެ ޓެސްޓްތަކެއް ހެދުމަށްފަހުގަ އެވެ. މި ޓެސްޓްތަކަށްފަހު ޑިސްޕްލޭ މޭޓުން ވަނީ އައިފޯނު އެކްސްގެ ޑިސްޕްލޭ އަށް އޭ ޕްލަސް ރޭޓިން ދީފަ އެވެ. ޑިސްޕްލޭ މޭޓުން މިހާތަނަށް އެއްވެސް ފޯނަކަށް އޭ ޕްލަސް ރޭޓިން ދީފައެއް ނުވެ އެވެ.
އައިފޯނުގެ ޑިސްޕްލޭގެ ސައިޒަކީ 5.8 އިންޗި އެވެ. ބޭނުން ކޮށްފައިވަނީ އޯއެލްއީޑީ ޑިސްޕްލޭ އެކެވެ. މިއީ އެޕަލް އިން އޯއެލްއީޑީ ޑިސްޕްލޭއެއް ބޭނުންކުރި ފުރަތަމަ ފަހަރެވެ. އާދައިގެ އޯއެލްއީޑީ ޑިސްޕްލޭއެއް ނޫނެވެ. ސުޕަރ ރެޓީނާ ޑިސްޕްލޭ އެކެވެ. ޑިސްޕްލޭގެ ރެސޮލިއުޝަން އަކީ 2046 ގުނަ 1125 އެވެ. ޕިކްސެލް ޕަރ އިންޗް ނުވަތަ ޕީޕީއައި އަކީ 455 އެވެ. އެޗްޑީއާރު އަދި އެޗްޑީއާރުގެ ޑޮލްބީ ވާސަން ހިމެނެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެކްސްގެ ޑިސްޕްލޭއަށް އެކަނި އެޕަލްއިން 125 ޑޮލަރު ހަރަދުކޮށްފައި ވެ އެވެ. އެކްސް އަގުބޮޑުވުމުގެ ސިއްރަކީ އެއީ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް