ފޮޓޯ ނެގުމަށް އެންމެ ކުރީގައި އައިފޯނު އެކްސް ވީޑިއޯ ކުރުމުގައި ގޫގަލް ޕިކްސެލް 2

އިމޭޖް ކޮލިޓީ ރޭޓިންގ ގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި، ޑީއެކްސްއޯ މާކް އިން މިވަނީ އައިފޯނު އެކްސްގައި ހިމަނާފައިވާ ކެމެރާއާއި ބެހޭގޮތުން އެ ކުންފުނީގެ ރައުޔު ހާމަކޮށްފަ އެވެ. މި ރައުޔުއަށް ބަ...

08 Nov 2017 | 22:28

އިމޭޖް ކޮލިޓީ ރޭޓިންގ ގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި، ޑީއެކްސްއޯ މާކް އިން މިވަނީ އައިފޯނު އެކްސްގައި ހިމަނާފައިވާ ކެމެރާއާއި ބެހޭގޮތުން އެ ކުންފުނީގެ ރައުޔު ހާމަކޮށްފަ އެވެ. މި ރައުޔުއަށް ބަލާއިރު އޮތީ އުފާވެރި ހަބަރަކާއި ހިތާމަވެރި ހަބަރެކެވެ.

އުފާވެރި ހަބަރަކީ ފޮޓޯ ނެގުމުގައި އެންމެ މޮޅު ފޯނުގެ ގޮތުގައި އައިފޯނު އެކްސް ހޮވިފައި އޮތުމެވެ. އެމީހުންގެ ރޭޓިން އަށް ބަލާއިރު އައިފޯނު އެކްސް އަށް ލިބިފައިވާ ސްކޯރ އަކީ 101 އެވެ. ދެވަނަ އަށް ވާވޭ މޭޓް ޕްރޯ އޮތް އިރު އެ ފޯނަށް ލިބިފައިވާ ސްކޯރ އަކީ 100 އެވެ. އަދި ތިންވަނައިގާ ގޫގަލް ޕިކްސެލް 2 އޮތް އިރު އެ ފޯނަށް ލިބިފައިވާ ސްކޯރ އަކީ 99 އެކެވެ.

ހިތާމަވެރި ހަބަރަކީ ވީޑިއޯ ކޮލިޓީގައި އެއްވަނަ އައިފޯނު އެކްސް އަށް ލިބިފައިނުވާކަމެވެ. ވީޑިއޯ ކުރުމުގައި އެއްވަނަ ހޯދާފައިވަނީ ގޫގަލް ޕިކްސެލް 2 އެވެ. އެ ފޯނަށް ރޭޓިންގައި  98 ޕޮއިންޓް ލިބިފައިވާއިރު އައިފޯނު އެކްސް އަށް ލިބިފައިވަނީ 97 އެވެ. ތިންވަނައިގާ އުޅެނީ އައިފޯނު 8 ޕްލަސް އާއި ގެލެކްސީ ނޯޓް 8 އެވެ. މި ދެ މޮޑެލަށް ލިބިފައިވަނީ 94 ޕޮއިންޓެވެ.

ޑީއެކްސްއޯ މާކަކީ ކެމެރާ ރިވިއު ކުރުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. މި ކުންފުނިން އަންނަނީ ފޯނުތަކާއި ނިކޮން އަދި ކެނޮން ފަދަ ބޮޑެތި ކުންފުނިތަކުގެ އުފެއްދުންތައްވެސް ރިވިއު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް