ރައީސް މަރާލަން އިންޒާރުދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ. ފުލުހުން ރޭގައި ބުނެފައިވަނީ ކ. ...

09 Oct 2024 | 16:31

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން ރޭގައި ބުނެފައިވަނީ ކ. މާލެ، ގަލޮޅު ސަންސަންގެއާގޭ، އުމުރުން 40 އަހަރުގެ މިޔާދު ބޭނުންކުރާކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެކަމަށްބުނެ އިންޒާރުދީ، އަދި އިތުރު އެހެން ފަރާތްކަށް ނިސްބަތްކޮށް މަރާލާނެކަމަށާއި އަދި އެނޫން ގޮތްގޮތުން ގެއްލުން ދޭނެކަމަށްބުނެ އިންޒާރުދީ ހަޑި ހުތުރުބަހުން އެކި ޕޯސްޓްތައް ކުރަމުން ގެންދިއުމާއެކު އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓްތައް ކުރަމުންދާ މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާކަމަށެވެ.

މިރޭ ފުލުހުން ބުނެފައިވަނީ މިޔާދުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް