އަރަބި ކަނޑުގައި އުފެދުނު ތޫފާނީ ސެޓަޕުން ކޮޅިގަނޑެއް އުފެދިފައިވާކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ.
އެގޮތުން އިންޑިއާގެ މެޓުން ބުނެފައިވަނީ އެ ސެޓަޕްގެ ބާރުގައި ކޮޅިގަނޑެއް އުފެދިފައިވާއިރު އެ ކޮޅިގަނޑު މިހާރު ހުރީ މަލިކު ހިމެނޭ ލަކްޝަދްވީޕް އާއި ކައިރި ސަރަހައްދެއްގައި ކަމަށެވެ.
ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ކުރިއަށް އޮތް ދޭއް ނޫނީ ތިން ދުވަހެއްގެ ތެރޭގައި ކޮޅިގަނޑު ޑިޕްރެޝަން އަކަށް ބަދަލުވާނެކަމަށް އަންދާޒާ ކޮށްފައިވާއިރު ކޮޅިގަނޑު ދަތުރުކުރަމުންދަނީ އަރަބިކަނޑުގެ މެދާއި ދިމާއަށްކަން ފާހަގަކޮށްފައިވެއެވެ.
މި ކޮޅިގަނޑޫ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އޮވެދާނެކަމަށް އިންޑިއާ އަދި ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމަ ތޫފާނަށް ދޭނެ ނަމަކީ "ތޫފާން ދާނާ" އެވެ. އިނގިރޭސި ބަހުން ނަމަ ކިޔާފައިވަނީ “Cyclone Dana” އެވެ.
މި ނަމަކީ މި ސަރަހައްދުގައި އުފެދޭ ތޫފާން ތަކަށް ކިޔުމަށް އެކުލަވާލާފައިވާ ނަން ލިސްޓަށް ޤަތަރުން ދީފައިވާ ނަމެކެވެ. އަރަބި ބަހުން ނަމަ ދާނާގެ މާނައަކީ "ހިކުމަތްތެރި" މި މާނައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް