ޕީއެންސީގެ މަޖިލީސް މެންބަރު ހުސެން ޝަރީފް ސަރުކާރުގެ ކުންފުންޏަކަށް ފާޑު ވިދާޅުވެއްޖެ

ޕީއެންސީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް އެޗްޑީސީއަށް ފާޑުވިދާޅުވެއްޖެއެވެ. މެންބަރު އެޗްޑީސީއަށް ފާޑު ވިދާޅުވެފައިވަނީ ދެވަނަ ފިޔަވަހީގެ މަގުބަ...

09 Oct 2024 | 09:40

ޕީއެންސީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް އެޗްޑީސީއަށް ފާޑުވިދާޅުވެއްޖެއެވެ.

މެންބަރު އެޗްޑީސީއަށް ފާޑު ވިދާޅުވެފައިވަނީ ދެވަނަ ފިޔަވަހީގެ މަގުބައްތިތައް ދިއްލުމުގެ މަސައްކަތް ލަސްވާތީ ކަމަށް ބެލެވެއެވެ. މެންބަރު އެކްސްގައި މިކަމާއި ގުޅިގެން ކުރި ޕޯސްޓެއްގައިވަނީ އެގޮތަށް މަގުތައް އޮތުމުން ހިނގާފައިދާ މީހުންނަށް ނުރައްކަލަކަށް ވާކަމަށް ބުނެ މީހަކު ކޮށްފައިވާ މެސެޖެއް ހުއްސާ ކުރަމުންނެވެ.

"މަތި ބަރު ބޮޑު އެޗްޑީސީ، ރައްޔިތުންނަށް ކޮން ޚިދުމަތެއްބާ މިދެނީ" މެންބަރު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ވެސް އެޗްޑީސީއަށް ޓެގްކޮށްފައި މެންބަރު ވަނީ، ހުޅުމާލެ ރައްޔިތުންނަށް ހެދިކާ ވިއްކޭނެ ގޮތެއްވެސް ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް