ރަާއްޖޭގެ ވިޔަފާރީ ޕްރޮމޯޓުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އިންޑިއާގެ ބެންގަލޫރަށް ވަޑައިގެންފިއެވެ.
ރައީސް ބެންގަލޫރަށް ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ވިޔަފާރީގެ ދާއިރާއިން މަގުބޫލު ބެންގަލޫރުގައި ބިޒްނަސް ފޯރަމެއް ބާއްވަން ވަނީ ނިންމާފައެވެ. އަދި އެ ފޯރަމަށް ފަހު، އެތަނުގައި އުޅޭ ދިވެހިންނަާވެސް ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ މުންބާއި ސިޓީގައިވެސް ރައީސް ވަނީ އިއްޔެ ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރީ ޕްރޮމޯޓުކޮށްފައެވެ. އެ އިވެންޓުގައި ރައީސް ވަނީ ބޮލީވުޑް ތަރިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
އިންޑިއާއަށް ރައީސް ކުރެެއްވެވި މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރު ފުޅަކީ ރައީސް ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން އިންޑިއާއަށް ކުރެއްވެވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް