ކަމަދޫއަށް ނިސްބަތް އާމިނަތު ޒާރާއާއި ސަން ޝިޔާމް ރިސޯޓުގެ ވެރިޔާ އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކައިވެންޏާއި އެކު ކަމަދޫއަށް ވެސް އީދު އައިސްފިއެވެ.
ކަމަދޫ ޒާރާގެ ރަންކިޔުުމަށް މިއަދު ބޭއްވުނު ހަފްލާގައި ޒާރާ ވަނީ ޝިޔާމްއަށް ވަރަށް އަސަރުގަދަ ލަވައެއްވެސް ހުށަހަޅާދީފައެވެ. އެ ވީޑިއޯ މިހާރު ސޯސަލް މީޑިއާގައި ވައިރަލް ވެފައިވާ އިރު، އެ ލަވައަކީ ޒާރާ ޝިޔާމް އާއި މެދު ދެކޭ ގޮތުގެ މައްޗަށް ހަދާފައިވާ ލަވައެކެވެ. މި ލަވާއިގެ ރާގަކީ ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލަވައެއް ކަމަށްވާ "ކުޑްމާއީ" ގެ ރާގަށް ހަދާފައިވާ ލަވައެކެވެ. މިއީ މިހާރު އިންޑިއާގެ ކައިވެނިތަކުގައި ވެސް ވަރަށް މަގުބޫލު ލަވައެކެވެ.
ޒާރާގެ ކައިވެނި މާދަމާ އޮންނަ އިރު އެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގައެވެ.
މީގެއިތުރުން މި ކައިވެންޏާއި ދިމާކޮށް މިއަދު ކަމަދޫއަށް ވަނީ ތިން އަސް ވެސް ގެންގޮސްފައެވެ. ކަމަދޫއަށް މިއަދު ގެންދިޔައީ ހުދު ދެ އަހާއި މުށި ކުލައިގެ އަހެކެވެ.
ޝިޔާމަކީ އަހަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އޭނާގެ ރިސޯޓުގައި ވެސް އަސް ގެންގުޅެއެވެ.
ޒާރާގެ ކައިވެންޏަކީ ކަމަދޫ ރައްޔިތުންނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް