ބްރައިޓް ވިއު މަރުކާގެ ހިންނަވަރު އަތުޖެހި އެއީ ގޯހެއް: އެމްއެފްޑީއޭ

ބައެއް ފިހާރަތަކުގައި ވިއްކަމުން އަންނަ ބްރައިޓް ވިއު މަރުކާގެ ހިންނަވަރު އަތުޖެހި އެއީ ގޯހެއް ކަމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. އެގޮތުން އެމްއެފްޑީއޭއިން...

09 Oct 2024 | 07:27

ބައެއް ފިހާރަތަކުގައި ވިއްކަމުން އަންނަ ބްރައިޓް ވިއު މަރުކާގެ ހިންނަވަރު އަތުޖެހި އެއީ ގޯހެއް ކަމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެގޮތުން އެމްއެފްޑީއޭއިން މިއަދު ބުނެފައިވަނީ އެ އުފެއްދުން ތައްޔާރުކޮށްފައިވާ ފަރާތަކީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުޞޫލު (ނަންބަރު MFDA-FCD GL 4-2024)ގެ ދަށުން މި އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫންކަމަށެވެ. އަދި މި އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ މި އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއްވެސް ނޫން ކަމަށެވެ.

އެ އުސޫލުގެ ދަށުން ދަފްތަރުކުރާ ފަރާތްތަކުގެ މައުލޫމާތު "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރު" ގެ ނަމުގައި މި އޮތޯރިޓީގެ ދިރިތި ޕޯޓަލް https://dhirithi.egov.mv އާއި ވެބްސައިޓް https://mfda.gov.mv އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްދައިޓް https://health.gov.mv ގައި އަދާހަމަކޮށް ޝާއިޢު ކުރަމުންދާނެ ކަމުގައިވެސް އެމްއެފްޑީއޭއިން ބުނެއެވެ.

ކާބޯތަކެތި ގަތުމުގައި މިކަމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ. އަދި އިސްވެދެންނެވުނު އުޞޫލާއި ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމަ، އެކަން މި އޮތޯރިޓީގެ ނަންބަރު 7603204/3014361 ފޯނަށް ގުޅާ ހިއްސާ ކުރެއްވުން އެ އޮތޯރިޓީއިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް