ރައީސް މަރާލާނެކަމަށްބުނެ އިންޒާރުދިން މީހާ ރާއްޖެ އައިތަނުން ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރާލާނެކަމަށް ބުނެ މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިއެވެ. އެގޮތުން މިރޭ ފުލުހުން ބުނެފައިވަނީ ކ. މާލެ، ގަލޮޅު ސަންސަންގެއާގޭ، އުމުރުން 40 އަހަރުގެ އ...

08 Oct 2024 | 19:20

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރާލާނެކަމަށް ބުނެ މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިއެވެ.

އެގޮތުން މިރޭ ފުލުހުން ބުނެފައިވަނީ ކ. މާލެ، ގަލޮޅު ސަންސަންގެއާގޭ، އުމުރުން 40 އަހަރުގެ އަބްދުﷲ މިޔާދު ބޭނުންކުރާކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެކަމަށްބުނެ އިންޒާރުދީ، އަދި އިތުރު އެހެން ފަރާތްކަށް ނިސްބަތްކޮށް މަރާލާނެކަމަށާއި އަދި އެނޫން ގޮތްގޮތުން ގެއްލުން ދޭނެކަމަށްބުނެ އިންޒާރުދީ ހަޑި ހުތުރުބަހުން އެކި ޕޯސްޓްތައް ކުރަމުން ގެންދިއުމާއެކު އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓްތައް ކުރަމުންދާ މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖޭން ބޭރުގައި ހުރެފައި މިރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް