ހަމަލާތައް މެދުކަނޑާލުމާއިމެދު މަޝްވަރާ ކުރުމަށް ތައްޔާރުކަން ހަމާސްއިން ހާމަކޮށްފިއެވެ.
ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ މޫސާ އަބޫ މަރްޒޫކް މިކަން ހާމަކުރީ އަލް ޖަޒީރާއަށް ދިން ބަސްދީގަތުމެއްގައެވެ.
އޭނާ ބުނެފައިވަނީ ހަމާސް އަށް ހަމާސްގެ އަމާޒަކަށް ވާސިލުވެވިފައިވާކަމަށާއި ހަމަލާތައް މެދުކަނޑާލުމާއި އަދި މަޝްވަރާތަކަށް ދިއުމަށް ހަމާސް ތައްޔާރު ކަމަށެވެ.
އޭނާ އަލްޖަޒީރާއަށް ދިން އިންޓަވިއުގައި އިތުރުކަމެއްވެސް ފާހަގަކުރިއެވެ. އެއީ ޑުއަލް ސިޓިޒަންޝިޕް ޕާސްޕޯޓް ގެންގުޅޭ އިޒްރޭލުގެ 10 މީހަކުވެސް ރަހީނުކޮށްފައިވާ ވާހަކައެވެ. އޭގެ ތެރޭގައި ރަޝިޔާ، އަދި ޗައިނާގެ ޑުއަލް ސިޓިޒަންޝިޕްގެ އިޒްރޭލު ރައްޔިތުން ހިމެނޭކަން އޭނާ ހާމަކުރިއެވެ.
ހަމާސްއިން ހަމަލާތައް ހުއްޓާލުމަށް ތައްޔާރުކަމަށް ނުވަތަ މަޝްވަރާތަކަށް ތައްޔާރުކަމަށް އިއުލާނުކުރި އިރު އިޒްރޭލުން މިހާރު އަންނަނީ އާންމުންނަށް ބެލުމެއްނެތި ގާޒާއަށް ހަމަލާތައް އަމާޒު ކުރަމުންނެވެ.
އެންމެ ފަހުގެ އަދާހަމަތަކަށް ބަލާލާއިރު މި ހަމަލާބަދަލުކުރުންތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 900 އިން މައްޗަށް އަދި ފަލަސްތީނުން މަރުވި މީހުންގެ އަދަދު ވަނީ 700 އާއި ގާތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް