މިހާރު ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުދިން މަރުވި އަދަދު 100 އަށް

އިޒްރޭލުން މިހާރު ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އަދި ހުޅަނގުބިތުން މަރުވި ކުޑަކުދިންގެ އަދަދު 100 އަށް އަރާފައިވާކަމަށް ޑިފެންސް ފޯ ޗިލްޑްރެން އިންޓަނޭޝަނަލް – ފަލަސްތީނު...

09 Oct 2023 | 18:02

އިޒްރޭލުން މިހާރު ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އަދި ހުޅަނގުބިތުން މަރުވި ކުޑަކުދިންގެ އަދަދު 100 އަށް އަރާފައިވާކަމަށް ޑިފެންސް ފޯ ޗިލްޑްރެން އިންޓަނޭޝަނަލް – ފަލަސްތީނުން ބުނެފިއެވެ.

އެގޮތުން އެ ގްރޫޕުން ބުނެފައިވަނީ އޭގެ ތެރެއިން 91 ކުއްޖަކު މަރުވެފައިވަނީ އިޒްރޭލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ކަމަށެވެ. އަދި ވަޒަންވެރިވެފައިވާ ހުޅަނގުބިތުންވެސް ފަލަސްތީނުގެ ފިރިހެން ފަސް ކުއްޖަކު މަރުވެފައިވާކަމަށެވެ.

ތިންވަނަ ދުވަހެއް ގުނަމުން އަންނަ ހަމަލާ ބަދަލުކުރުންތަކުގައި ފަލަސްތީނުން މީހުން މަރުވި އަދަދު ވަނީ 560 އަށް އަރާފައެވެ. އިޒްރޭލުން މީހުން މަރުވި އަދަދު ވަނީ 900 އަށް އަރާފައެވެ.

ހަމާސް އިން އިސްވެ އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު މިހާރު އިޒްރޭލުން އަންނަނީ ގާޒާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒްރޭލުން ބުނަނީ އަމާޒަކީ ހަމާސް ނައްތާލުމާއި ގާޒާ ހަނަފަސް ބިމަކަށް ހަދާލުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް