ފަލަސްތީނަށް އެހީވުމަށް އެމް-ފައިސާ މެދުވެރިކޮށް ޑޮނޭޓް ކުރެވިދާނެ

ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީވުމަށް އެމް-ފައިސާ މެދުވެރިކޮށް ޑޮނޭޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. އެގޮތުން އުރީދުއިން ބުނެފައިވާގޮތުގައި އުރީދޫ އެޕް މެދުވެރިކޮށް އެމް-ފަ...

09 Oct 2023 | 17:35

ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީވުމަށް އެމް-ފައިސާ މެދުވެރިކޮށް ޑޮނޭޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެގޮތުން އުރީދުއިން ބުނެފައިވާގޮތުގައި އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ލޮގިންވެލެއްވުމަށްފަހު ސްމާޓްޕޭ ނުވަތަ ސްކޭން ކިއުއާރްކޯޑް ނުވަތަ މާޗަންޓް ނަމްބަރު ހިޔާރު ކުރެއްވުމަށްފަހު ބޭނުންފުޅުވާ އަދަދެއް ޑޮނޭޓް ކުރެވިދާނެއެވެ.

އެމް-ފައިސާއިން މި އިނީޝިއޭޓް ކުރިއަށްގެންދަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާއި ގުޅިގެންނެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ހާސް މުސްލިމުންނެއް ވަނީ ހާލުގައި ޖެހި ޒަރޫރީ އެހީތެރިކަމަށް ބޭނުންވެފައެވެ. ހަމަލާތައް ދިނުމުގެ އިތުރުން އިޒްރޭލުން ވަނީ ގާޒާއަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައެވެ. އެގޮތުން ކަރަންޓާއި ފެން ގާޒާއިން ކަނޑާލާފައިވާއިރު މުޅި ގާޒާ އެކީގައިހެން އިޒްރޭލުން މިހާރު ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް