ޗައިނާގައި އުފައްދާ ޓެސްލާގެ އީވީ ވިޔަފާރި އަހަރުން އަހަރަށް ދަށަށް ދާން ފަށައިފި

ޓެސްލާގެ ޗައިނާގައި އުފައްދާ އިލެކްޓްރިކް ވެހިކަލް (އީވީ) ވިއްކާ މިންވަރު އަހަރުން އަހަރަށް ބަލާއިރު 10.9 ޕަސެންޓް ސެޕްޓެމްބަރު މަހު ދަށަށް ގޮސްފައިވާ ކަމަށް ޗައިނާ ޕެސެންޖަރު ކާރު އެސޯސިއޭޝަން (ސީޕީސ...

09 Oct 2023 | 17:02

ޓެސްލާގެ ޗައިނާގައި އުފައްދާ އިލެކްޓްރިކް ވެހިކަލް (އީވީ) ވިއްކާ މިންވަރު އަހަރުން އަހަރަށް ބަލާއިރު 10.9 ޕަސެންޓް ސެޕްޓެމްބަރު މަހު ދަށަށް ގޮސްފައިވާ ކަމަށް ޗައިނާ ޕެސެންޖަރު ކާރު އެސޯސިއޭޝަން (ސީޕީސީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ކުންފުނިން މި މަހު އެ ގައުމުގައި ޗައިނާގައި އުފައްދާ 74،073 އީވީ ވިއްކާފައިވެ އެވެ.

މި ދަށްވުމުގެ ތެރޭގައި ޗައިނާއިން އުފައްދާ މޮޑެލް 3 އަދި މޮޑެލް ވައި ކާރުވިއްކާ މިންވަރު އޭގެ ކުރީ މަހާ އަޅާބަލާއިރު 12.0 އިންސައްތަ ދަށަށް ދިއުން ހިމެނެއެވެ.

އެއާ ހިލާފަށް ޗައިނާގެ ވާދަވެރި ބީވައިޑީއިން ޕެސެންޖަރު ވެހިކަލް ޑެލިވަރީ ކުރި މިންވަރު އިތުރުވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު ވަނީ 42.8 ޕަސެންޓް އިތުރުވެ 286،903 އަށް އަރައިފަ އެވެ.

ޓެސްލާއިން ވެސް ޗައިނާގެ އެހެން ކާރު އުފައްދާ ކުންފުނިތަކުގެ ތެރޭގައި ގްރީން ވެހިކަލްތަކަށް ޑިސްކައުންޓާއި ޓެކްސް އިނާޔަތްތަކުގެ ސަބަބުން ކަސްޓަމަރުންގެ ސެންޓިމެންޓަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދު ކުރެ އެވެ.

ދާދި ފަހުން އެ ކުންފުންޏަށް ވަނީ ފެކްޓްރީ އަޕްގްރޭޑް ކުރަން ރާވާފައި އޮތުމުން އުފެއްދުންތެރިކަމަށް ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ޗައިނާގައި އުފައްދާ އީވީތަކަށް ސަބްސިޑީ ދިނުމާ ގުޅޭ ގޮތުން ޔޫރަޕިއަން ކޮމިޝަންގެ ބެލުމުގެ ދަށަށް ދިއުމުގެ ނުތަނަވަސް ކަމާވެސް ޓެސްލާ އަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް