ސައުދީ އަރަބިއްޔާގެ އެޑިއުކޭޝަން މިިނިސްޓްރީން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތު ދީ، ދަރިވަރުން ކުރިމަތިލާން ހުޅުވާލާފައި ވާކަމަށް ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއިން ބުނެފިއެވެ.
މި ސްކޮލަޝިޕްގެ ދަށުން ވަނީ ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމަށް ހުޅުވާލާފައެވ. އޭގެ ތެރޭގައި، ކޮމްޕިއުޓަރ ސައިންސް، އެގްރިކަލްޗަރ، އެޑިއުކޭޝަނަލް ސްޕެޝިއަލިޓީސް، އިސްލާމް އެންޑް އަރަބިކް ލޭންގުއޭޖް، އިންޖިނިއަރިންގް، ޕޮލިޓިކްސް، އިކޮނޮމީ، ލޯ، ބިޒްނަސް މެނޭޖްމަންޓް އަދި މީޑިޔާ ހިމެނެއެވެ.
މި ސްކޮލަޝިޕް ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން، އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް