ޓްރާންސިޝަން މުއްދަތުގެ ތެރޭގައި ވަޒީފާތަކަށް މީހުން ނުނަގަން އަންގައިފި

ވެރިކަން ބަދަލު ވުމުގެ މަރުހަލާގެ ތެރޭގައި ވަޒީފާތަކަށް މީހުން ނުނަގަން ސިވިލް ސާވިސް ކޮމިޝަނުން އަންގައިފިއެވެ. އެ ކޮމިޝަނުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، ވެރިކަން ބަދަލު ވުމ...

09 Oct 2023 | 04:39

ވެރިކަން ބަދަލު ވުމުގެ މަރުހަލާގެ ތެރޭގައި ވަޒީފާތަކަށް މީހުން ނުނަގަން ސިވިލް ސާވިސް ކޮމިޝަނުން އަންގައިފިއެވެ.

އެ ކޮމިޝަނުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، ވެރިކަން ބަދަލު ވުމުގެ މަރުހަލާ އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މި މުއްދަތުގެ ތެރޭގައި ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް ނޫނީ މީހުން ނުނަގަން އެދޭ ކަމަށެވެ.

އެގޮތުން އެ ސާކިލުއާގައި ވަނީ، މީހުން ވަޒީފާތަކަށް އައްޔަނު ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ އިތުރުން އިދާރީ އޮނިގަނޑު އެކުލަވާލުމަށް އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައެވެ.

އެގޮތުން ޑޮކްޓަރުންނާއި ޓީޗަރުންނާއި އިމާމުން ފަދަ، މެދުނުކެނޑި ހިދުމަތްދޭ ވަޒީފާތަކުގައި މިހާރެކޭވެސް އެއްގޮތަށް މީހުން ނަގަމުން ދިއުމަށް ވަނީ ސާކިއުލާގައި އެދިފައެވެ.

ނަމަވެސް އެ ނޫން މަގާމުތަކަށް މި މުއްދަތުގައި މީހުން ނަގާ ނަމަ، އެކަމުގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް