ކޯރަމް ހަމަނުވާތީ މަޖިލިސް ޖަލްސާ ކުރިއަށް ނުގެންދެވުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވާތީ ނިންމާލައިފިއެވެ. 09:00 ގައި ފަށަން ތާވަލުކުރި މިއަދުގެ ޖަލްސާގެ ވަގުތުގައި، 09:06ގައި މަޖިލީހުގެ ނައިބުރައީސް އީވާ ވިދާޅުވީ ކޯރަމް ހަމަނުވާތީ...

09 Oct 2023 | 04:11

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވާތީ ނިންމާލައިފިއެވެ.

09:00 ގައި ފަށަން ތާވަލުކުރި މިއަދުގެ ޖަލްސާގެ ވަގުތުގައި، 09:06ގައި މަޖިލީހުގެ ނައިބުރައީސް އީވާ ވިދާޅުވީ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލައްވަނީ ކަމަށާއި ދެން ޖަލްސާއެއް އޮންނާނެ ތާރީހެއް ފަހުން އިއުލާނުކުރައްވާނެ ކަމަށެވެ.

ޖަލްސާ މިއަދު ނިންމާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ރޭގައި ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ 48 މެންބަރުންގެ ސޮޔާއިއެކީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް