އިޒްރޭލަށް ނިސްބަތްވާ 100 މީހަކު ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް ޖަމާއަތުން ބުނެފިއެވެ.
އެ ޖަމާއަތުން މިހެން ބުނެފައިވަނީ މިއަދު އަރަބި ނޫހަށް ދީފައިވާ އިންޓަވިއުއެއްގައެވެ.
އެގޮތުން ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޗީފް، މޫސާ އަބޫ މަރްޒޫކް ބުނެފައިވަނީ ހަމާސްގެ ހަނގުރާމަވެރިންގެ އަތްދަށުގައި 100 އިޒްރޭލުގެ 100 މީހަކު ތިބިއިރު އޭގެތެރޭގައި އިޒްރޭލުގެ އިސް ބައެއް އޮފިޝަރުންވެސް ހިމެނޭ ކަމަށެވެ.
ހަމާސް އިން މިހެން ބުނެފައިވާއިރު ފަލަސްތީނު އިސްލާމިކް ޖިހާދު ގްރޫޕްގެ އަތްދަށުގައި އިޒްރޭލު 30 މީހަކު ތިބިކަމަށް އެ ގްރޫޕުންވެސް ބުނެފައިވެއެވެ.
ހަމާސް އާއި ފަލަސްތީނު އިސްލާމިކް ޖިހާދު ގްރޫޕުން ވަނީ އިޒްރޭލަށް ނިސްބަތްވާ އެ ފަރާތްތައް ގާޒާއަށް ގެންގޮސްފައެވެ.
ހަމާސްއިން ކުރިން ބުނެފައިވާގޮތުގައި ރަހީނުކޮށްފައިވާ އެ ފަރާތްތަކަކީ، އިޒްރޭލު ޖަލުތަކުގައި ތިބި ކުށެއްނެތް ފަލަސްތީނު/ގާޒާ ރައްޔިތުން ސަލާމަތް ކުރުމުގައި ބޭނުންކުރާނެ ބައެކެވެ.
ހޮނިހިރު ދުވަހު ހެނދުނު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު އިޒްރޭލާއި ހަމާސް އާއި ދެމެދު ފެށުނު ހަމަލާ ބަދަލުކުރުންތައް އަދިވެސް ދަނީ ކުރިއަށެވެ. މި ހަމަލާބަދަލުކުރުންތަކުގައި މިހާތަނަށް އިޒްރޭލުން 700 އަށްވުރެ ގިނަ މީހުން ފަލަސްތީނުން 400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް