އިޒްރޭލު ސިފައިންގެ އެއް ލައްކަ ސިފައިން ހިމެނޭ ފައުޖެއް އިޒްރޭލުން ގާޒާގެ އައްސޭރިފަށަށް ޖަމާކޮށްފިއެވެ.
އިޒްރޭލުގެ މިލިޓަރީ ތަރުޖަމާނު ޖޮނަތަން ކޮންރިކަސް ބުނެފައިވާގޮތުގައި އެ ފައުޖަކީ ރިޒާވް ފައުޖެކެވެ. އަދި އެމީހުންގެ އަމާޒަކީ މި ހަނގުރާމަ ނިމޭއިރު ހަމާސް ނައްތާލުން ކަމުގައި އޭނާ ބުނެފައިވެއެވެ.
"އަހަރެމެންގެ އަމާޒަކީ މި ހަނގުރާމަ ނިމޭއިރު، އިޒްރޭލަށް ދެން އެއްވެސް ހަމަލައެއް ނުދެވޭވަރަށް ހަމާސް ބަލިކަށިކޮށްލާ، އެމީހުންގެ އަސްކަރީ ބާރު އެއްކޮށް ނައްތާލުން" އޭނާ ބުނެފައިވެއެވެ.
އިޒްރޭލުން އެއް ލައްކަ ސިފައިންގެ ފައުޖެއް ގާޒާ އައްސޭރީގައި ރުކުރުވާލާފައިވާކަމަށް ބުނެފައިވާއިރު ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން ދިން ވަރުގަދަ ހަމަލާތަކަށްފަހު އިޒްރޭލާއި ހަމާސް އަދި ހަމާސް އަށް ވާގިވެރިވާ ހަނގުރާމަވެރިންނާއި ދެމެދު ބަދަލުކުރެވުން އަންނަ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުން 700 އަށްވުރެ ގިނަ މީހަކު ފަލަސްތީނުން 400 އަށްވުރެ ގިނަ މީހަކު ވަނީ މަރުވެފައެވެ.
އިޒްރޭލުގެ ބިމުގައި ހަމާސްގެ ހަމަލާތައް އަދިވެސް ބަދަލުކުރެވެމުން އަންނައިރު އިޒްރޭލުން މިހާރު އަންނަނީ ގާޒާއަށް އަމާޒުކޮށް ވައިގެމަގުން ހަމަލާތަކެއް ދެމުންނެވެ. އިޒްރޭލުން އިއްޔެ އިންޒާރުކޮށްފައިވާގޮތުގައި ގާޒާއަކީ ހަނަފަސް ބިމަކަށް މިފަހަރު ހަދާލާނެއެވެ. އަދި ގާޒާ ދޫކޮށް އާންމުން ދިއުމަށްވެސް އިޒްރޭލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވެއެވެ.
އިޒްރޭލުން މި ހަމަލާތައް ދެމުން އަންނައިރު ހަމާސް އިން ހޮނިހިރު ދުވަހު ދިން ހަމަލާއަކީ އިޒްރޭލުގެ ދިފާއީ މެކޭނިޒަމް ފެއިލްކޮށްލާ އިޒްރޭލު ކުޑަކަކޫ މައްޗަށް ތިރިކޮށްލު ހަމަލާތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް