ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ 48 މެންބަރުންގެ ސޮޔާއެކުގައެވެ. އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އެގޮތަށް ނިންމީ މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަންވެސް އެނގިފައިވެއެވެ.
މި މައްސަލަ ހުށަހަޅާފައިވާއިރު މީގެ ކުރިންވެސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅިއެވެ. އެހެން ނަމަވެސް އެމްޑީޕީން އެ މައްސަލަ އަނބުރާ ގެންދިޔައެވެ.
އަލުން މި މައްސަލަ ހުށަހަޅާފައިމިވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމުގައްޔާއި ތަޅުމަށް ކަންކަން ގެނައުމުގައި ރައީސް ނަޝީދު އަމިއްލަ މަސްލަހަތު އިސްކުރާކަމަށް ބުނެއެވެ. އަދި މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަންކަން ނިންމަމުންދާކަމަށްބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް