ހާލުގައި ޖެހުނު ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު ކެޕްޓަނާމެދު ފިޔަވަޅު އަޅައިފި

ތިލަފުށި ކައިރިން ތެޔޮ ހުސްވެގެން ހާލުގައި ޖެހުނު ޑިންގީއަކަށް މެރިން ޕޮލިސް އިން އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު އެ ޑިންގީ ދުއްވި ކެޕްޓަނާއިމެދު ފިޔަވަޅު އަޅައިފިއެވެ. އެގޮތުން މެރިން ޕޮލިހުން ބުނެ...

09 Oct 2022 | 17:32

ތިލަފުށި ކައިރިން ތެޔޮ ހުސްވެގެން ހާލުގައި ޖެހުނު ޑިންގީއަކަށް މެރިން ޕޮލިސް އިން އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު އެ ޑިންގީ ދުއްވި ކެޕްޓަނާއިމެދު ފިޔަވަޅު އަޅައިފިއެވެ.

އެގޮތުން މެރިން ޕޮލިހުން ބުނެފައިވަނީ މިރޭ 7:20 ހާއިރު ތިލަފުށި ކައިރިން މަހަށް ނިކުމެ އުޅުނު ޑިންގީއެއް ތެޔޮ ހުސްވެގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

އަދި އުޅަނދު ދަތުރަ ފެށުމުގެ ކުރިން ބަލަންޖެހޭ ވަރަށް ކެޕްޓަން ބަލާފައިނުވާތީ އެ އުޅަނދު ދުއްވި ކެޕްޓަނާއި ދޭތެރޭ ފިޔަވަޅު އަޅާފައިވާނެކަމަށްވެސް މެރިން ޕޮލިހުން ބުނެފައިވެއެވެ. ނަމަވެސް އެ ޅި ފިޔަވަޅެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް