އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ނާޒިމަށް ކުރި ހުކުމް ދައުލަތުން އިސްތިއުނާފުކޮށްފި

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްއްދުއް ސައްތާޜުގެ މައްޗަށް ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ...

09 Oct 2022 | 14:06

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްއްދުއް ސައްތާޜުގެ މައްޗަށް ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ އަދަބެކެވެ. އެހާ ލުއިކޮށް އަދަބު ދިނީ އެ ކުށަށް އޭނާ އެއްބަސްވެެފައިވާތީ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި ނާޒިމްގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިއަދެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ނާޒިމް ގޭ ބަންދަށް ހުކުމް ކުރި އިރު އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެ އަދަބު މާ ބޮޑު ކަމަށް ބުނެ އެ މައްސަލަ ވެސް ދައުލަތުން އޮތީ އިސްތިއުނާފް ކުރަން ނިންމައިފަ އެވެ.

މި މައްސަލައިގަ އަލަމްގީރު ކުށަށް އިއުތުރާފުވެފައިވާތީ އިއްވާފައިވަނީ ހަތް މަހުގެ ޖަލު ހުކުމެކެވެ. އަދި އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ވީޑިއޯކުރި މައްސަލާގައި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެއް ސާބިތުވެ، ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އޮތީ އިއްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް