14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ފިރިހެނެއް ކަމަށާއި އެ މައްސަލަ ހުށަހެޅީ މި މަހުގެ 05 ވަނަ ދުވަހު ކަމަށެވެ.
ސައުތު ސެންޓްރަލް ޕޮލިސް ރީޖަން (މ, ފ, ދ, ތ, ލ ) ގައި ހިމެނޭ ރަށެއްގައި ޢުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ގައި ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ޢަމުރު ނެރެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް