ސައުތް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސެހެރް އަފްޝާ ފިލްމީ ދާއިރާ ދޫކޮށްލައިފި އެވެ.
މި ދިޔަ ދެތިން އަހަރު ތެރޭގައި ފިލްމީ ދާއިރާ ދޫކޮށް ބުރުގާ އެޅި އިންޑިއާގެ މަޝްހޫރު އަންހެން ފިލްމީ ތަރިންގެ ތެރޭގައި ޒާއިރާ ވަސީމް އާއި ސަނާ ޚާން ފަދަ ތަރިން ހިމެނެ އެވެ. އޭގެ ތެރެއިން ސަނާ ވަނީ މިހާރު ހައްޖާއި އުމްރާވެސް ވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ތަމަޅަ އަދި ބޯޖްޕޫރްގެ މަޝްހޫރު ތަރި ސެހެރް ފިލްމީ ދާއިރާ ދޫކޮށްލީ ބުރުގާ އަޅައި އިސްލާމް ދީނުގެ ހަމަތަކާއި އެއްގޮތަށް އުޅުމަށެވެ. ސެހެރް ބުނެފައިވާ ގޮތުގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ.
އޭނާގެ އިންސްޓަގްރާމްގައި ބުނީ ހަޔާތުގައި ވޭތުވެދިޔަ ތަނުގައި ކުރެވިފައިވާ ފާފަތާއި އުޅެވިފައިވާ ގޮތަށް ފާފަ ފުއްސެވުން އެދި މާތް ﷲ ގެ ހަޟުރަތުން ދުއާ ކުރާ ކަމަށެވެ. އަދި ކުރިޔަށް އޮތްތާ މަސައްކަތް ކުރާނީ އިސްލާމް ދީނުގެ ރަނގަޅުގޮތް މީހުންނަށް ކިޔަވައިދިނުމުގައި ކަމަށެވެ.
https://www.instagram.com/p/Ciz8YwBppg6/
އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މެހެނދީ ލަގާކެ ރެހެނޭ3" އާއި "ގަތަކް" ފަދަ ފިލްމުތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް