އެޗްޑީސީއިން ފިޔަވަތީގެ 80 އަށްވުރެ ގިނަ ކުދިން ގޮވައިގެން ފަރުކޮޅުފުއްޓަށް ދަތުރުގޮސްފި

އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ފިޔަވަތީގެ 80 އަށްވުރެ ގިނަ ކުދިން ގޮވައިގެން ފަރުކޮޅުފުއްޓަށް ދަތުރުގޮސްފިއެވެ. އެޗްޑީސީން މިއަދު ބުނެފައިވާގޮތުގައި ސްކޫލް ބަންދާއި ގުޅިގެން ފިޔަވަތީގެ ކުދިންނަށް ހާއް...

09 Oct 2022 | 10:42

އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ފިޔަވަތީގެ 80 އަށްވުރެ ގިނަ ކުދިން ގޮވައިގެން ފަރުކޮޅުފުއްޓަށް ދަތުރުގޮސްފިއެވެ.

އެޗްޑީސީން މިއަދު ބުނެފައިވާގޮތުގައި ސްކޫލް ބަންދާއި ގުޅިގެން ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށް ރައްކާތެރި މާހައުލެއްގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކާއި އެކު ހާއްސަ ހަރަކާތެއް މިއަދު ވަނީ ބޭއްވިފައެވެ.

އެޗް.ޑީ.ސީގެ ސީ.އެސް.އާރްގެ ދަށުން މިއަދު ކުރިއަށް ގެންދެވުނު ހަރަކާތް ފަރުކޮޅުފުށި ސަރަހައްދުގައި ކުރިއަށް ގެންދެވުނު އިރު، ފިޔަވަތީގެ 80 އަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައިވާކަމަށާއި މި ހަރަކާތުގައި ކުޅިވަރު ކުޅުމުގެ އިތުރުން މޫދު ކުޅިވަރުގެ އެކި ހަރަކާތްތައްވެސް ހިންގާފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި މީގެ އިތުރުން ބާބަކިއު އަކާއި އެކު ނިންމާލެވިފައިވާއިރު މި ފަދަ އެކި އިވެންޓުތައް ފިޔަވަތީގެ ކުދިންނާއި އެކު ސިލްސިލާކޮށް ބޭއްވުމަށް އެޗް.ޑީ.ސީން ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.

މީގެ ކުރިންވެސް އެކި ހަރަކާތްތައް ފިޔަވަތީގެ ކުދިންނާއި ގުޅިގެން އަދި މި ކުދިންނަށް އެހީވުމަށް އެ ކޯޕަރޭޝަންގެ މެނޭޖްމަންޓުންނާއި މުވައްޒަފުންގެ އިސްނެގުމުގެ މަތިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެޗްޑީސީގެ އަމާޒަކީ ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންކަމުގައި އިސްނަގައިގެން މުޖްތަމަޢުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުންކަމުގައި އެޗްޑީސީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް