ޕާކިސްތާނަށް އެހީ ހޯދަން ހިންގި ޓެލެތޯލުން ލިބުނު 3.8 މިލިއަނަށް ރުފިޔާ ހަވާލުކޮށްފި

ވިއްސާރައިގަ ހާލުގައި ޖެހިފައިވާ ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް ރާއްޖެއިން ކުރިޔަށް ގެންދިޔަ ޓެލެތޯންއިން ލިބުނު ފައިސާ ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އާއި ހަވާލުކޮށްފި އެވެ. އެ ޓެލެތޯން ...

09 Oct 2022 | 08:05

ވިއްސާރައިގަ ހާލުގައި ޖެހިފައިވާ ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް ރާއްޖެއިން ކުރިޔަށް ގެންދިޔަ ޓެލެތޯންއިން ލިބުނު ފައިސާ ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އާއި ހަވާލުކޮށްފި އެވެ.

އެ ޓެލެތޯން ކުރިޔަށް ގެންދިޔައީ މިމަހުގެ އެއް ވަނަ ދުވަހު ހެނދުނު8:00 ން ރޭގަނޑު12:00 އަށެވެ. އެ ޓެލެތޯންއިން3.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފައިސާ ހަވާލު ކޮށްފައިވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރު އަތަރު މުހުތަރާއި އެވެ. މި ޓެލެތޯން ހިންގީ ރާއްޖޭގެ ބައެއް މީޑިއާތަކާއި ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން އަދި ޕާކިސްތާނު ހައި ކޮމިޝަން ގުޅިގެންނެވެ.

މި ޓެލެތޯންގައި ބައެއް ރަށްރަށުންވެސް ބައިވެރިވެފައިވާއިރު މާލޭގެ ބައެއް ސަރަހައްދުތަކުގައި ފަންޑު ފޮށިވެސް ބަހައްޓާފައިވެ އެވެ. އަދި ބީއެމްއެލް އާއި ދިރާގާއި އުރީދޫ މެދުވެރިކޮށްވެސް ފައިސާ ހަދިޔާ ކުރެވޭ ގޮތް ހަދާފައިވެ އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ވިއްސާރައިގ ހިނގަމުންދާ ހާދިސާތަކުގައި 1،700 އެއްހާ މީހުން މިހާނަށް މަރުވެފައިވާއިރު 33 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް