އައްޑޫ ފޭދޫގައި ޒަޔާން މަރާލި މައްސަލައިގަ ހަތަރު ކުއްޖަކަށް ދައުވާކޮށްފި

އައްޑޫ ސިޓީގައި ޒުވާނަކު މަރާލި މައްސަލައިގަ18 އަހަރު ނުފުރޭ ހަތަރު ކުޑަކުއްޖަކަށް ދައުވާ އުފުލައިފި އެވެ. ފޭދޫގައި ހިންގި ގްރޫޕު މާރާމާރީތަކުގައި މިދިޔަ ޖޫން މަހުގެ2 ވަނަ ދުވަހު މަރާލާފައިވަނީ ފޭދޫ ސ...

09 Oct 2022 | 06:05

އައްޑޫ ސިޓީގައި ޒުވާނަކު މަރާލި މައްސަލައިގަ18 އަހަރު ނުފުރޭ ހަތަރު ކުޑަކުއްޖަކަށް ދައުވާ އުފުލައިފި އެވެ.

ފޭދޫގައި ހިންގި ގްރޫޕު މާރާމާރީތަކުގައި މިދިޔަ ޖޫން މަހުގެ2 ވަނަ ދުވަހު މަރާލާފައިވަނީ ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ އެވެ. މި މައްސަލައިގަ އެ ހަފްތާ ތެރޭގައި ހައްޔަރު ކުރި ގޮތަށް އެ ހަތަރު ކުދިން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރިސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އޭގެ ތެރެއިން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ އެއް ކުއްޖަކަށެވެ.

އަނެއް ތިން ކުދިންނަށް އުފުލާފައިވާނީ ޒަހާން މަރާލަން އެހީތެރިވުމުގެ ކުށުގެ ދަޢުވާ އެވެ. ޝާފިއު ވިދާޅުވީ މީގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެފައިވާތީ ކުޑަކުދިންނާއި އެކު އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގަ ހިމެނޭ18 އަހަރުން މަތީގެ ފަސް މީހެއްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ދީފައިވާ މުއްދަތު ޕީޖީ އޮފީހުން އިތުރ ކޮށްދެމުންދާ ކަމަށް ވިދާޅުވި އެވެ. އެމީހުން ބަންދުގައި ތިބި އިރު އެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރާ ތުހުމަތުތަކަކާއި ގުޅިގެންނެވެ.

21 އަހަރުގެ ޒަޔާން މަރުވީ ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް