އަހަރެމްނެ އެންމެނަށް ވެސް އެނގޭ ގޮތުގައި ކެއްސުމާއި ކިނބިހި އެޅުމަކީ ބަލިޖެހޭ ޖަރާސީމުތައް ފެތުރެން ދިމާވާ މައިގަނޑު ސަބަބެކެވެ. އެހެން ކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ކެއްސާ ކިނބިހި އަޅާއިރު، އަނގަޔާއި ނޭފަތް ނިވާކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ. އެކަމުގެ ސަބަބުން އެހެން މީހުންނަށް ބަލިޖެހުމުން ސަލާމަތްކަން ލިއްބައިދޭ ކަމެކެވެ.
ކެއްސުމަށް ވުރެވެސް ކިނބިހި އަޅާއިރު ސަމާލުކަން ދޭންޖެހޭ ދެއް ބޮޑުކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
ޔުނިވާސިޓީ އޮފް ބްރިސްޓަލް އިން އާންމުކޮށްފައިވާ ދިރާސާއަކުން ބުނެފައިވާ ގޮތުގައި ކިނބިހި އެޅުމުގެ ސަބަބުން ހަށިގަނޑުން ބޭރުވާ އެރޮސޯލް ތިކިތަކުގައި ހުންނަ ބެކްޓީރިއާ ވައިގެ ތެރޭގައި ފެތުރޭ މިންވަރު ވަރަށް ބޮޑުތަން އިތުރެވެ. އެއީ އަހަރެމެންނަށް ވިސްނާ ފިކުރުކޮށްލަން ވެސް އުނދަގޫކަމެއް ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކިނިބި އެޅުމުން ހަށިގަނޑުގެ ތެރެއިން ބޭރުވާ ޖަރާސީމުތައް ދަތުރުކުރާ ސްޕީޑާއި ދުރުމިނުން އަހެރެމެންނަށް ހައިރާންކަން ގެނުވައެވެ.
ގޮތުން އެވްރެޖްކޮށް ކިނބިއްސެއް އެޅުމުން ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ގާތްގަނޑަކަށް 100،000 އެއްހާ ޖަރާސީމު ވައިގެ ތެރެއަށް ފޮނުވާލަ އެވެ. ވައިގެ ތެރެއަށް ފޮނުވާލާ މި ޖަރާސީމުތަކުގެ ތެރޭގައި އިންފްލުއެންޒާ، ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރުއެސްވީ) އަދި އެޑިނޯވައިރަސް ފަދަ ވައިރަސްތައް ހިމެނެއެވެ. މިއީ އާންމުކޮށް ޖެހޭ ހުމާއި ރޯގާފަދަ ބަލިތައް ޖެހުމަށް މެދުވެރިކުރުވާ ޖަރާސީމުތަކެކެވެ.
އަދި މީގެ އިތުރުން ސްޓްރެޕްޓޮކޮކަސް ނިއުމޯނިއާ ނުވަތަ ހީމޯފިލަސް އިންފްލުއެންޒާ ފަދަ ބަލިތައް ޖައްސާ ޖަރާމީގެ ވައްތަރުގެ ބެކްޓީރިއާތައްވެސް ހިނޭކަމަށް މި ހޯދުންތަކުގައި ވެއެވެ. ވައިގެތެރެއަށް ފެތުރޭތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި މި ޖަރާސީމުތައް އިންސާނުންގެ ހަށިގަނޑަށް ވާސިލްވާކަމަށް ވެސް މި ހޯދުމުގައި ވެއެވެ.
މި ދިރާސާގައި ބައިވެރިވި ފަރާތެއް ކަމުގައިވާ އެލެން ހެޑްރެލް ވިދާޅު ވި ގޮތުގައި ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވިއްސައިގެންދާ ގިނަ އަދަދެއްގެ ޖަރާސީމުތަކުގެ ތިކިތައް އިންސާނާގެ ފުއްޕާމެއަށް ފޯރަން މާ ގިނަ ވަގުތެއް ނުނަގައެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތޭގައި ޖަރާސީމުތައް އިންސާނާގެ މުޅި ހަށިގަނޑަށް ފެތުރި ބަލިތައް ޖެހުމުގެ މަރުހަލާ ފެށޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން ކެއްސާ ކިނބިހި އަޅާއިރު، އަނގަޔާއި ނޭފަތް ނިވާކޮށްލުމަކީ އެންމެ ރައްކާތެރި ގޮތްކަމަށް ވެސް އެލެން ހެޑްރެލް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް