ހޮންގް ކޮންގްގައި ފުރަތަމަ ފަހަރަށް ކުޑަކުދިންތަކެއް ޖަލަށް ލާން ހުކުމްކޮށްފި

ހޮންގް ކޮންގްގައި ފުރަތަމަ ފަހަރަށް ކުޑަކުދިންތަކެއް ޖަލަށް ލާން ހުކުމް ކޮށްފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ކުދިންނަކީ 16 އަހަރާއި 19 އަހަރާއި ދެމެދުގެ ފަސް ކުދިންނެވެ. އެ ކުދިން ޖަލަށްލީ ޗައިނާ ސ...

09 Oct 2022 | 04:14

ހޮންގް ކޮންގްގައި ފުރަތަމަ ފަހަރަށް ކުޑަކުދިންތަކެއް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ކުދިންނަކީ 16 އަހަރާއި 19 އަހަރާއި ދެމެދުގެ ފަސް ކުދިންނެވެ. އެ ކުދިން ޖަލަށްލީ ޗައިނާ ސަރުކާރާއި ދެކޮޅަށް 2020 ވަނަ އަހަރު ކުރި މުޒާހަރާތަކާއި ގުޅިގެން ކުރި ޝަރީއަތުގައި އެކަން ސާބިތުވުމާއި ގުޅިގެންނެނެވެ.

އެ ކުދިންނަކީ ހޮންގް ކޮންގްގެ މިނިވަންކަމަށް މަސައްކަތް ކުރާ ގްރޫޕު ކަމަށްވާ ރިޓާނިން ވިލިއަންގައި ހަރަކާތްތެރިވާ ކުދިންނެވެ. އެ ކުދިންނާއި ދެކޮޅަށް ދައުވާ ކޮށްފައިވަނީ ގައުމީ ސަލާމަތުގެ ގާނޫނުގެ ދަށުންނެވެ.

އެމީހުންނަށް ކޮށްފައިވަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. ކުޑަކުދިންނަށްވެފައި އުމުރަށް ބަލައި އެ ކުދިން ޖަލު ހުކުމް ފުރިހަމަ ކުރާނީ ޒުވާން އުމުރުފުރައިގެ މީހުންނަށް ހާއްސަކޮށްފައިވާ ޖަލެއްގައި އެވެ.

ހޮންގް ކޮންގް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އުމުރަށް ނުބަލައި ވަކިވަކި ފަރުދަކު ނަމަވެސް ތަނުގެ މަސްލަހަތާއި އާންމުންގެ ރައްކާތެރި ކަމަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޗައިނާ ސަރުކާރާއި ދެކޮޅަށް އެ ކުދިންނާއި ބައިވެގެން މުޒާހަރާ ކުރި 110 މީހަކު ހައްޔަރު ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ފަސް ކުދިންގެ އިތުރުން ދެ މީހަކަށް އަންނަ ހަފްތާގައި ހުކުމް ކުރުމަށް ވަނީ ތާވަލު ކޮށްފައި އެވެ.

ހޮންގް ކޮންގް އަކީ މިނިވަން ކަމަށް ވަކާލާތު ކުރާ ޗައިނާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ސަރަހައްދެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި ގައުމެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގައުމުން އދ. އަށް ހުށަހެޅުމުން ނަގާ ކޮންމެ ވޯޓެއްގައި މުޅި ދުނިޔެ އެ ގައުމާއި އެއްކޮޅަށް އޮތަސް އެކަން ކާމިޔާބު ނުވަނީ ޗައިނާ ވީޓޯގެ ބާރު ބޭނުން ކުރާތީ އެވެ.

ޗައިނާއިން ބުނީ އެއީ އެގައުމުގެ ބައެއް ކަމަށާއި އެތަނުގައި ހިނގާނީ ޗައިނާގެ ގާނޫނާއި ގަވައިދުތައް ކަމަށެވެ. އެ އުސޫލުން ޗައިނާ ސަރުކާރާއި ދެކޮޅުވާ ފަރާތްތަކަށް ހަރުކަށި އަދަބުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް