އިޒްރޭލު ސިފައިން ފަލަސްތީނުގެ ދެމީހަކު މަރާލައިފި

އިޒްރޭލު ސިފައިން ފަލަސްތީނުގެ ހުޅަނގު ބިތުގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ދެމީހަކު މަރާލައިފިއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުގައި އިޒްރޭލުން ހިފާފައިވާ ސަރަހައްދ...

09 Oct 2022 | 02:04

އިޒްރޭލު ސިފައިން ފަލަސްތީނުގެ ހުޅަނގު ބިތުގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ދެމީހަކު މަރާލައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުގައި އިޒްރޭލުން ހިފާފައިވާ ސަރަހައްދެއްކަމުގައިވާ ހުޅަނގު ބިތުގެ ސިޓީއެއްކަމުގައިވާ ޖެނިންގައި އިއްޔެ ދިން ހަމަލާތަކުގައި ދެ މީހަކު މަރުވެ އެގާރަ މީހަކު ޒަހަމްވެފައިވެއެވެ. ޒަހަމްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީންވެސް ބުނެފައިވެއެވެ.

އިޒްރޭލުން މި ހަމަލާ ދިފާއުކޮށް ބުނެފައިވަނީ އެ އޮޕަރޭޝަނަކީ އިސްލާމިކް ޖިހާދު ގްރޫޕަކަށް ނިސްބަތްވާ މީހަކު ހައްޔަރުކުރުމަށް ހިންގި އިޕަރޭޝަނެއް ކަމަށާއި ހަމަލާދޭން މަޖުބޫރުވީ އެކަމަށް ހުރަސް އެޅި ފަރާތްތަކާއި ދެކޮޅަށް ކަމަށެވެ.

އިއްޔެގެ ހަމަލާއެއްގައި ދެމީހަކު މަރުވެފައިވާއިރު އޭގެ ދެ ދުވަސް ކުރިން ފަލަސްތީނުގެ ހުޅަނގު ބިތުގެ އުތުރުގައި އިޒްރޭލުން ދިން ހަމަލާއެއްގައިވެސް ފަލަސްތީނުގެ ދެމީހަކު މަރާލާފައިވެއެވެ. އެ ހަމަލާގައި މަރުވި ދެމީހުންގެ ތެރެއިން އެކަކީ އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް