ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 345،000 އިން މައްޗަށް އަރައިފި

ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 345،000 އިން މައްޗަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސ...

09 Oct 2021 | 18:14

ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 345،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ އަށެއްވީ ހުކުރު ދުވަހުގެ ނިޔަލަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި އަދަދު ވަނީ 345،203 އަށް އަރާފައެވެ.

އަދި ހުކުރު ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު 392،966 އަށް ވަނީ އަރާފައެވެ.

ހުކުރު ދުވަހު 1،080 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ. މި ހުރިހާ މީހުންނަކީ ވެސް އަތޮޅުތަކުން ވެކްސިންގ ދެވަނަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ފުރަތަމަ ޑޯޒު ހުކުރު ދުވަހު 79 މީހަކަށް އަތޮޅުތަކުން ޖަހައިދީފައިވެއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް