މާލޭގައި މާރާމާރީއެއް ހިންގާ މީހަކު ޒަހަމް ކޮށްލައިފި

މާލޭގައި މިރޭ މާރާމާރީއެއް ހިންގާ މީހަކު ޒަހަމް ކޮށްލައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މި މާރާމާރީ ހިންގާފައިވަނީ މިރޭ 7:27 އެހާއިރު ކަމަށެވެ. މާރާމާރީ ހިންގި ކަމުގެ ރިޕޯޓު ކޮށްފަ...

09 Oct 2021 | 17:17

މާލޭގައި މިރޭ މާރާމާރީއެއް ހިންގާ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މި މާރާމާރީ ހިންގާފައިވަނީ މިރޭ 7:27 އެހާއިރު ކަމަށެވެ. މާރާމާރީ ހިންގި ކަމުގެ ރިޕޯޓު ކޮށްފައިވަނީ ކަރަންކާ މަގުގައި ކަމަށް ވިދާޅުވި އެވެ.

ފުލުހުން އިތުރަށް މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި ޒަހަމް ވެފައިވަނީ ދިވެހި ފިރިހެނެކެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާ އާއި އެނާގެ ވަނަވަރު  ހާމަ ކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގިތާ ކުޑަ އިރު ކޮޅެއްގެ ތެރޭގައި ޒަހަމްވި ފަރާތް ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ކަރަންކާ މަގުގައި ހުންނަ ދައުރު ނޫހުގެ އޮފީސް ދޮރުމަތީގައި އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް