ދުވާރު މަތިން މަންމަ އާއި އެކު ހިނގާފައި ދަނިކޮށް، މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ނިޔާވި ބަންގްލަދޭޝް ޑޮކްޓަރެއްގެ ދަރިއެއްކަމުގައިވާ ރައުޝަން ޖިއާންގެ މަރުގެ ބަދަލު ދޭން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ސިމެންތި ބަސްތާ ވެއްޓިފައިވަނީ ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުނަފުންޏެެއްްކަމުގައިވާ ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުން ދިއަ ސައިޓަކުންނެވެ.
މި ހިތާމަވެރި ހާދިސާގައި ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ނަފްސާނީ އަދި މާލީ ގެއްލުމުގެ ބަދަލު ޑަބްލިއު ކޮންސްޓްރަކްޝަނުގެ ފަރާތުން ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރުއެވެ.
އެގޮތުން ޖިއާންގެ މައިންބަފައިން 17.4 މިލިއަން ރުފިއާގެ ބަދަލަކަށް ދައުވާ ކުރުމުން ސިވިލް ކޯޓުންވަނީ މިހާދިސާގައި ކޮންސްޓްރަކްޝަން ކުންފުނީގެ އިހުމާލަށް 4.5 މިލިއަން ރުފިއާގެ ބަަދަލެއް އެ ކުންފުނިން ދައްކަންޖެހޭނެ ކަމަށް މިދިޔަ މަހު ހުކުމް ކޮށްފައެވެ.
ނަމަވެސް ކޮންސްޓްރަކްޝަން ކުންފުނިން މި ހާދިސާގައި އެމީހުންގެ އިހުމާލެއް ނެތް ކަން ހާމަކޮށް، ބަަދަލު ދޭން ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅާފައިވެއެވެ. އެހެންކަމުން ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން މިހާރު މި މައްސަލަވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް