ބޭސްފަރުވާ ހޯދުމަށްޓަަކައި އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގަައި ކުރިމަތިވާ ދަތިތައް ހައްލުކުރުމަށްޓަކައި އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވަނީ އަވަސް މުސްތަގުބަލެއްގައި މިކަމަށް ހައްލެއް ހޯދައިދެވޭނޭކަމުގެ ޔަގީން ކަން އަރުވާފަ އެވެ.
ޝާހިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި ބޭސްފަރުވާ ހޯދުމަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ޤަބޫލު ކުރައްވާފައި ވެއެވެ.
https://twitter.com/abdulla_shahid/status/1446849318934171650
މީގެ އިތުރުން ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވާ ދުވަސް ވަރެއްގައި އެޤައުމުން ވިސާ ދޫކުރަމުން ދަނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަން ފާހަގަ ކުރައްވާފައިވެއެވެ.
އަވައްޓެރި އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާ ހޯދުމަށް ޒިޔާރަތް ކުރާ ޤައުމެއްކަން ފާހަގަ ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް