އިންޑިއާގެ މަޝްހޫރު އަދި މުއްސަނދި އާއިލާތަކުގެ ތެރޭގައި ހިމެނޭ ބައްޗަށް އާއިލާގެ އިމާރާތެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފި އެވެ.
މި އިމާރާތުގެ ވެރިފަރާތުގެ ގޮތުގައި ތިބީ އަމީތާބާއި އަބީޝެކް ބައްޗަން އެވެ. އެ އިމާރާތް ހުންނަނީ މުމްބާއީގެ ބައްޗަން އާއިލާގެ ރަސްމީ ގެ ޖޫހު ހުންނަ ސަރަހައްދުގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ އިމާރާތް އެސްބީއައިއިން ކުއްޔަށް ހިފީ 15 އަހަރަށެވެ. އަދި ކޮންމެ ފަސް އަހަރަކުން ކުލި މުރާޖައާކޮށް ބޮޑު ކުރާގޮތަށް އެއްބަސްވެފައިވެ އެވެ.
އެތަނަށް މަހަކު އެސްބީއައިއިން 18.9 ލައްކަ އިންޑިއަން ރުޕީސް ދައްކަން ޖެހެ އެވެ. ބެލެވޭ ގޮތުގައި އެސްބީއައިއިން އެތަން ބޭނުން ކުރާނީ ބްރާންޗެއް ހެދުމަށެވެ.
މިހާރު ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުން އެކުލަވާލާ އެޑްވާންސް ފައިސާގެ ގޮތުގައި 2.26 ކްރޯޑު ރުޕީސް ބައްޗަން އާއިލާއަށް ދައްކާ ނިންމާފައިވާ ކަމަށްވެ އެވެ.
އެންމެ ފަހުން އެ އިމާރާތް ބޭނުން ކުރީ އިންޑިއާގެ ސިޓީ ބޭންކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް