މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސްގެ މަގާމުން މުހައްމަދު ހަމްދޫން އިސްތިއުފާ ދެއްވައިފި އެވެ.
އެމްމޭއޭގެ ރައީސް ކަމަށް ހަމްދޫން އިންތިހާބު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ މަހު ހިންގާ ކޮމިޓީ އެކުލަވާލާ ޖަމިއްޔާގެ ހިންގުން އަލުން ފެށީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
ހަމްދޫން މީޑިއާގައި ވިދާޅުވީ އެމްޖޭއޭގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވީވަޒީފާ އާއި އާންމު ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން އެކަށީގެންވާ ވަގުތު ދެއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.
ކުރިން މީޑިއާ ކައުންސިލްގެ މެމްބަރުކަންވެސް ކޮށްފައިވާ ހަމްދޫނަކީ "އަދަދު" ނޫހުގެ މެނޭޖިން އެޑިޓަރެވެ.
ހަމްދޫން އިސްތިއުފާދެއްވުމުން އެމްޖޭއޭގެ ހިންގުން ވަގުތީ ގޮތުން ނައިބު ރައީސް އަލީ ރިޝްފާނެވެ.
ނައިބު ރައީސް ރިފްޝާނާއި އެސްޖީ ނާއިފްގެ އިތުރުން އެމްޖޭއޭގެ އެކްސްކޯގައި ދެން ތިއްބަވަނީ ބަޖެޓް ސެކްރެޓްރީ ނާޒިމް ހަސަން އަދި އާންމު ދެ މެންބަރުން ކަމަށްވާ މުހައްމަދު ޖުނައިދު އަދި ފާތިމަތު ސާޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް