ރެބިއޮޓް ކޮވިޑް-19 އަށް ފައްސިވެއްޖެ

ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރ އެޑްރިއަން ރެބިއޮޓް ކޮވިޑް19 އަށް ފައްސިވެއްޖެއެވެ. މިކަމާއި ގުޅިގެން ފްރާންސްގެ ފުޓްބޯޅަ އިދާރާއިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވަނ...

09 Oct 2021 | 11:18

ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރ އެޑްރިއަން ރެބިއޮޓް ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

މިކަމާއި ގުޅިގެން ފްރާންސްގެ ފުޓްބޯޅަ އިދާރާއިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެބިއޮޓް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި އެހެން ކަމުން މިމަހުގެ ދިހަވަނަ ދުވަހު ނޭޝަންސް ލީގު ފައިނަލުގައި ސްޕެއިންނާއި ދެކޮޅަށް ފްރާންސް ކުޅޭ މެވުގައި ރެބިއޮޓްއަށް ނުކުޅެވޭނޭ ކަމަށެވެ.

އަދި މިވަގުތު ރެބިއޮޓް ހުރީ އެކަހެރި ކުރެވިފައި ކަމަށާއި ސްޕެއިންނާއި ދެކޮޅަށް ފްރާންސްއިން ނެގި 21 ކުޅުންތެރިންގެ ސްކޮޑުން ވެސް ރެބިއޮޓް ބާކީ ކޮށްފައިވާ ކަމަށް  ފްރާންސްގެ ފުޓްބޯޅަ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރެބިއޮޓް ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އަދި އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފްރާންސްގެ ފުޓްބޯޅަ އިދާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ފްރާންސް ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ބެލްޖިއަމް ބަލިކުރުމަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް