ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވީ އުމުރުން 72 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ހެނދުނު 10:57 ގައި އެވެ.
މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިއީ މިމަހު ކޯވިޑްގައި މަރުވި ތިން ވަނަ މީހާ އެވެ. އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު މަރުވެފައިވަނީ އައްޑޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުނ ް97 އަހަރުގެ މީހެކެވެ.
މިއަދު މަރުވި މިހާ އާއި އެކު ރާޢްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 234 އަށް އަރާފަ އެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން އިއްޔެ ކޯވިޑަށް ޕޮސިޓިވްވީ46 މީހުންނެވެ އަދި ރާއްޖެއިން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 85,394 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް