ބާސެލޯނާގެ ރައީސް ހީކުރީ މެސީ އެ ޓީމަށް ހިލޭ ކުޅެދޭނެ ކަމަށް!

ބާސެލޯނާގައި ވިދާލި ލިއޮނަލް މެސީ އެ ޓީމް ދޫކޮށްލުމުގެ ބަދަލުގައި، ޓީމަށް ހިލޭ ކުޅެދޭނެ ކަމަށް ހީކުރި ކަމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ. މި ދިޔަޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއ...

09 Oct 2021 | 07:01

ބާސެލޯނާގައި ވިދާލި ލިއޮނަލް މެސީ އެ ޓީމް ދޫކޮށްލުމުގެ ބަދަލުގައި، ޓީމަށް ހިލޭ ކުޅެދޭނެ ކަމަށް ހީކުރި ކަމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

މި ދިޔަޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއެކު މެސީ ހަދާފައި އޮތް އެއްބަސްވުން ވަނީ ހަމަވެފައެވެ. އެކަމަކު މުސާރަ ކުޑަކޮށް އައު އެއްބަސްވުމެއްގައި ސޮއިކުރަން މެސީ މީގެ ކުރިން ނިންމި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ.

އަދި 2026 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މެސީ މަޑުކުރާނެ ކަމަށްވެސް އޭރު ރިޕޯޓުކުރިއެވެ.

އޭގެ ފަހުން ބާސާއިން ނެރުނު ބަޔާނެއްގައި ވަނީ އެއްބަސްވުން އާނުކުރެވުމާ ގުޅިގެން އެންމެ ފަހުން މެސީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް މައްސަލަތަކެއް ކުރިމަތިވީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މެސީ ދޫކޮށްލުން ނޫން އެހެން ގޮތެއް މި ވަގުތު ނެތް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހުކުރު ދުވަހު މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ލަޕޯޓާ ވިދާޅުވީ މެސީވެސް ބާސާގައި މަޑުކުރަން ބޭނުންވި ކަމަށާއި، އެކަމަކު އޭނާ ޓީމު ދޫކޮށްލަން ނިންމީ ޕީއެސްޖީން ލިބިފައި އޮތް ހުށަހެޅުމުގެ ޕްރެޝަރުގެ އިތުރުން ބާސާ އިތުރު މާލީ އަދަވަޅަކަށް ވައްޓާލަން ބޭނުންނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މެސީގެ ނިންމުން ބަދަލުކޮށް ބާސާއަށް ހިލޭ ކުޅެދޭން މަޑުކުރާނެ ކަމަށް ހީކުރި ކަމަށާއި، އެގޮތުން މެސީ ހިލޭ ކުޅެދެން ހުރި ނަމަ ސްޕެނިޝް ލީގުގެވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް