އިންޑިއާގެ ޓެމިލްނާޑުގެ ރެފިއުޖީ ކޭމްޕްތަކުން ފިލައިގެން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ރެފިއުޖީންގެ ބަޔަކު ސަލަމާތްކޮށް އެމެރިކާ ސިފައިންގެ ފަރާތުން ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިއްޔެ، މަދުރާއި އާއި ޓްރިޗީގެ ކޭމްޕްތަކުން ފިލި 85 ލަންކާ މީހުންގެ ތެރެއިން 59 މީހުންނަކީ ރެފިއުޖީންނެވެ. އެ މީހުން އަތުލައިގަތީ ދަތުރުކުރަމުން ދިޔަ ފެރީ ޑިއާގޯ ގާސިޔާ ކައިރިއަށް ހުއްޓުމުންނެވެ.
ޓެމިލްނާޑުގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނީ އެ މީހުން މަސައްކަތްކުރީ ކެރެލާއިން ސައުތް އެފްރިކާއާ ދިމާލަށް ދަތުރުކޮށް ކެނެޑާއަށް އެތެރެވެ، އެ ގައުމުން ހިމާޔަތް ހޯދަންށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެއާ މޮރީޝަސްއާ ދެމެދަށް އިންޑިއާ ކަނޑަށް ފެރީ ހުއްޓުނެވެ.
އެ މީހުން ސަލާމަތްކުރީ ޑިއަގޯ ގާސިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނެވެ.
އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ސައްހަ ޕާސްޕޯޓްވެސް ނެތް ކަމަށް ރާއްޖޭގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އަތުލައިގަނެވުނު މީހުންގެ މައުލޫމާތު ދިވެހި ސަރުކާރުން، ޓެމިލްނާޑުގެ ކަމާ ބެހޭ ފަރާތްތަކާއި އަދި ލަންކާގެ ސަރުކާރާ މިހާރު ވަނީ ހިއްސާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް