ރުޅި އާއި އުދާސް އެހެން މީހުންނަށް ބޭރުނުކޮށް ހިތްހަމަޖައްސާލާނެ ގޮތް މުފްތީ މެންކް ބުނެދެއްވައިފި

މީހުންގެ ހިތުގައި ހުންނަ ރުޅި އާޢި އުދާސްތައް އެހެން މީހުންނަށް ބޭރުނުކޮށް ހިތްހަމަޖައްސާލާނެ ގޮތް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ބުނެދެއްވައިފި އެވެ. މުފްތީ މެންކް ވިދާޅުވާ ގޮތުގައި، ބައެއް...

09 Oct 2021 | 06:41

މީހުންގެ ހިތުގައި ހުންނަ ރުޅި އާޢި އުދާސްތައް އެހެން މީހުންނަށް ބޭރުނުކޮށް ހިތްހަމަޖައްސާލާނެ ގޮތް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ބުނެދެއްވައިފި އެވެ.

މުފްތީ މެންކް ވިދާޅުވާ ގޮތުގައި، ބައެއް މީހުންގެ ނަޒަރުގައި ހިތުގައި ހުންނަ އުދާސްތަކާއި ރުޅިގަނޑު އެހެން މީހުންނަށް ބޭރުކުރުމަކީ ހިތްހަމަޖެހުން ލިބޭ ކަމެކެވެ، އެކަމަކު މެންކްގެ ނަޒަރުގައި އެއީ ހިތައް ތަސައްލީއެއް ލިބޭނެ ކަމެއް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަސްކުރަންވީ އެހެން މީހުންނަށް ޖަޒުބާތުތަކާއި އުދާސްތަކާއި ރުޅިގަނޑު ބޭރު ނުކޮށް މާތް ﷲ މަތިން ހަނދުމަކޮށް އަމިއްލަ ނަފުސަށް ތަސައްލީ ހޯދުމަށެވެ. މިކަމުގެ ސަބަބުން މީހުންގެ ހިތްތަކުގައި ތިބާއަށް ޓަކައި ބުރައެއް ނޯންނާނެއެވެ. އަދި މާތް ﷲގެ ރުއްސެވުން ވެސް ލިބޭނެއެވެ.

މެންކުގެ ނަޒަރުގައި ރުޅިއަކީ އިންސާނާގެ ހިތުގަ ދަބަރު ޖައްސުވާ އެއްޗެކެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު އެ ދަބަރުތައް އިތުރުވެގެންދެއެވެ. އެގޮތަށް ގޮސް މުޅި ހިތުގައި ދަބަރުޖަހައެވެ. ހިތުގައި ކޮލޮސްޓްރޯލް ލެވެލް މަތިވީމާ ނޭވާލުމަށް އުނދަގޫވެއެވެ. ހިތުގައި ނުބައި އަމަލުތަކުގެ "ކޮލޮސްޓްރޯލް" އިތުރުވީމާ އެމީހެއްގެ ރޫޙާނީ ބާރުތައް ނެތިގެންދެއެވެ. ދީނާއި ދުރުހެލިވެއެވެ.

ހިތުގައި ރުޅިވެރިކަން ބޭއްވުމަކީ ހިތަށް ބުރަކަން ލިބޭ ކަމެކެވެ. އެބުރަކަން އުފުލާ މީހަކަށް ނުވާށެވެ. އުފުލަން ނުޖެހޭ ބުރައެއް ނުއުފުލާށެވެ. ރުޅި އަންނަން ޖެހޭ މީހުންނަށް މަޢާފްކުރަމުން ގެންދާށެވެ. އެއިރުން ހިތަށް ލުއިކަން ލިބޭނެއެވެ. އެއިރުން ތިބާގެ ހިތުގައި ރަނުގެ ފަށަލައެއް ލެވޭނެއެވެ. ރަނުގައި ދަބަރެއް ނުޖަހާނެއެވެ. އަބަދުވެސް އޮންނާނީ ވިދަވިދައެވެ.

މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ މީސްތަކުންނަށް މާފްކުރާ މީހާއަށް ސުވަރުގޭގައި ޚާއްޞަ ތަނެއް ނުވަތަ ދަރަޖައެއްވާ ކަމަށެވެ. ރުޅީގެ ވަގުތުތަކުގައި މީހުން އަމަލުކުރާ ގޮތަށް މާތް ﷲ ބައްލަވައިވޮޑިގެންވެއެވެ. ރުޅީގެ ވަގުތު މަޢާފްކުރާ މީހުންނަށް މާތް ﷲ މަޢާފް ކުރައްވަވަތެވެ. "ތިބާއަށް ނުބައި ކަމެއް ކުރި މީހަކަށް ތިބާ މަޢާފް ކުރުމުން ތިބާ މާތް ﷲ އަށް ކުރާ ކުށްތަކަށް މާތް ﷲ ޢަފޫކޮށް ދެއްވަވަނީ އެވެ. ކޮން ފަދަ ބޮޑު ދީލަތި ކަމެއްތޯއެވެ؟"

"ރުޅީގެ ވަގުތު ތިބާއަށް ކުށެއް ކޮށްފައިވީނަމަވެސް އަދި އެމީހެއްގެ މައްޗަށް ތިބާއަށް ގަދަވެގަނެވިދާނެކަން އެނގޭއިރުވެސް ތިބާ އެމީހަކަށް މަޢާފްކުރުމުން ތިބާގެ މައްޗަށް އެންމެ ފުރިހަމައަށް ބާރު ފޯރުއްވެވޭނެ މާތް ﷲ ދީލަތި ކަމާއިއެކު ތިބާއަށް މަޢާފްކުރައްވަވަނީއެވެ."

ރުޅި ގަދަވެގަންނަވަގުތު މާތް ﷲ ގެ މަތިން ހަނދުމަކުރާށެވެ. އާޚިރަތް ދުވަހުން ތިބާއަށް ލިބެންހުރި ނިއުމަތްތަކުގެ މަތިން ހަނދާންކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް