ދިވެހިރާއްޖޭގައި ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫގައި ކޯވިޑް-19 ބަލިޖެހިފައި ވާ މީހުންގެ ޖުމުލަ އަދަދު 239 އަށް އަރައިފިއެވެ.
އައްޑޫ ސީޓީގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޯވިޑް-9ގެ އެކްޓިވް ކޭސް މިހާރު އުޅެނީ ފޭދޫގައެވެ. އެގޮތުން ފޭދޫގައި ކޯވިޑް-19ގެ 91 ކޭސް އުޅޭއިރު، މަރަދޫގައި 25 ކޭސް، ހިތަދޫގައި 90 ކޭސް، މަރަދޫފޭދޫގައި 31 ކޭސް އަދި މީދޫގައި ދެ ކޭސް އުޅޭ ކަމަށް މަޢުލޫމާތު ލިބެއެވެ، މިއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 239 އަށް އަރާފައެވެ.
އައްޑޫ ކޯވިޑް ފެސިލިޓީގައި ފަސް މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ 4 މީހަކު ނިޔާވެފައެވެ.
އެންމެ ފަހުން މީހަކު ނިޔާވީ ހުކުރު ދުވަހުއެވެ،
އިއްޔެ ހެނދުނު 7:50 ގައި ނިޔާވެފައިވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ. އެއީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހޮސްޕިޓަލުން ބުނީ އެއީ ފުވައްމުލަކު ސިޓީން އެ ހޮސްޕިޓަލަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ގެނައި ފަރާތެއް ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 233 މީހަކު މި ބަލީގައި ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް