ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވުމުގެ ޒިންމާ ސަލާމަތީ ބާރުތަކުން ނަގަން ޖެހޭނެ ކަމަށް އެ މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވި ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ރިއްފަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ނިންމި ހަތަރު ބޭފުޅުން ގާނޫނާއި ހިލާފަށް މަޖިލީހަށް ވަނަނުދީ 14 މަސް ވަންދެން ހިފެހެއްޓީ ދިފާއީ ބާރުތަކުން ކަމަށެވެ. އަދި އެދާއިރާތަކުގެ ރައްޔިތުން ތަމްސީލު ކުރުމުގެ ފުރުސަތު އެ ހަތަރު ބޭފުޅުންނަށް ގެއްލިފައިވާތީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ފުލުހުންނާއި ސިފައިން ކަމަށްވެސް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.
https://twitter.com/ibriffath/status/1049318556993634304
އިލެކްޝަންސް ކޮމިޝަނުން މެންބަރުން ނޫން ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައި އެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، ތުލުސްދީ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފު މުހައްމަދު އަދި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް