ޒުވާނުންގެ ތެރެއިން ކާޖޮލް ބޭނުންވަނީ ވަރުން އާއި ފިލްމެއް ކުޅެލަން!

ކުރީގެ ބަތަލާ ކާޖޮލް ދޭވްގަން މިހާރުގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ ފިލްމު ކުޅެން ބޭނުންވަނީ ވަރުން ދަވަން އާއި އެކު ކަމަށް ބުނެފި އެވެ. ކާޖޮލް އެންމެ ފަހުން ފެނިގެންދިޔައީ 2015 ވަނަ އަހަރު ރިލީޒް ...

09 Oct 2018 | 05:48

ކުރީގެ ބަތަލާ ކާޖޮލް ދޭވްގަން މިހާރުގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ ފިލްމު ކުޅެން ބޭނުންވަނީ ވަރުން ދަވަން އާއި އެކު ކަމަށް ބުނެފި އެވެ.

ކާޖޮލް އެންމެ ފަހުން ފެނިގެންދިޔައީ 2015 ވަނަ އަހަރު ރިލީޒް ކުރި "ދިވާލޭ" އިންނެވެ. އޭގެ ފަހުން ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށް ފަހު އޭނާގެ ފިލްމު "ހެލިކޮޕްޓާ އީލާ" އަންނަ ހުކުރު ދުވަހު ރިލީޒް ވާނެ އެވެ.

އެ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުން ކާޖޮލް ބުނީ ޒުވާން ތަރިންގެ ތެރެއިން ހުރިހާ އެންމެންނާއި އެކުވެސް ފިލްމު ކުޅެވިދާނެ ކަމަށެވެ. އެކަމަށް ބޭނުންވަނީ ރަނގަޅު ވާހަކައެއް ކަމަށާއި އެކަމަކު އެންމެ ފިލްމު ކުޅެލާ ހިތްވަނީ ވަރުން އާއި އެކު ކަމަށެވެ.

ވަރުން އާއި އެކު "ދިވާލޭ" ގައި ކާޖޮލް މަސައްކަތް ކޮށްފައިވެ އެވެ. އޭނާ ބުނީ ވަރުން އަކީ ވަރަށް ހިތްހެޔޮ އެކުގައި މަސައްކަތް ކުރެވޭ މިޒާޖެއް ހުންނަ މީހެއް  ކަމަށެވެ.

ފިލްމު "ހެލިކޮޕްޓާ އީވާ" އަކީ ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އަދި ކުރިޔަށް ކާޖޮލް ކުޅެން ހަމަޖެހިފައިވާ ފިލްމުގައި ފެނިގެންދާނީ އެ ދެމަފިރިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް