ދިވެހި އެތީސްޓް ޕޭޖާ ދެކޮޅަށް ދިވެހި ޒުވާނުންތަކެއް ހަނގުރާމަ އިއުލާނުކޮށްފި

"ދިވެހި އެތީސްޓްސް" ނަމުގައި މާތްވި އިސްލާމް ދީނާއި ދެކޮޅަށް ހިންގަމުން އަންނަ ފޭސްބުކް ޕޭޖާއި ދެކޮޅަށް ދިވެހި ޒުވާނުންތަކެއް ހަނގުރާމަ އިއުލާނުކޮށްފި އެވެ. "ދިވެހި އެތީސްޓްސް ޕޭޖް ބްލޮކް ކުރަމާ" ނަމު...

09 Oct 2015 | 08:30

"ދިވެހި އެތީސްޓްސް" ނަމުގައި މާތްވި އިސްލާމް ދީނާއި ދެކޮޅަށް ހިންގަމުން އަންނަ ފޭސްބުކް ޕޭޖާއި ދެކޮޅަށް ދިވެހި ޒުވާނުންތަކެއް ހަނގުރާމަ އިއުލާނުކޮށްފި އެވެ.

"ދިވެހި އެތީސްޓްސް ޕޭޖް ބްލޮކް ކުރަމާ" ނަމުގައި ފޭސްބުކް ގްރޫޕެއް ހެދުމަށްފަހު އެތީސްޓްސް ޕޭޖް ބްލޮކް ކުރުމަށް ޒުވާނުން އެމީހުންގެ ހަނގުރާމަ ފަށާފައިވާއިރު  އެ ޕޭޖް ބްލޮކް ކުރެވެން ހުރި ގޮތްގޮތް ހޯދާ އެކަން ކުރުމުގެ މަސައްކަތް މި ޒުވާނުން އަންނަނީ ކުރަމުންނެވެ. އަދި އޮޅިގެން ނަމަވެސް އެ ޕޭޖަށް ލައިކް ދީފައިވާ ފަރާތްތަކަށް ވިސްނަދީ އެ ޕޭޖަށް ލިބިފައިވާ ލައިކްސް މަދު ކުރުމުގެ މަސައްކަތްވެސް މި ޒުވާނުން އަންނަނީ ކުރަމުންނެވެ.

"މިކަމުގައި އަޅުގަނޑުމެން ތެދުވި އިރު އެ ޕޭޖަށް ލައިކް ދީފައި ތިބި މީހުންގެ އަދަދަކީ 1284، މިހާރު އޭގެ ތެރެއިން 150 މީހަކު ލައްވާ އަންލައިކް ކުރެވިފައިވާނެ، ނޭންގި ނަމަވެސް އެ ޕޭޖަށް ލައިކް ދެވިފައިވާ ފަރާތްތަކަށް ވާނީ އެކަން ބުނެދެވިފައި" އެތީސްޓްސް ޕޭޖާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރި ޒުވާނުން ބުނެ އެވެ.

އެތީސްޓުންނާއި ދެކޮޅަށް އުފައްދާފައިވާ ގްރޫޕްގައި މިހާރު 20 ހާހަށްވުރެ ގިނަ މީހުން ތިބި އިރު އެ ގްރޫޕުގައި ގިނަ ބަޔަކު އަންނަނީ ދިވެހި އެތީސްޓްސް ޕޭޖާ ދެކޮޅަށް އަޑު އުފުލާ ޕޭޖް ބްލޮކް ކުރުމަށް ގޮވާލަމުންކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް